twitterviber whatsapp telegramfacebookyoutube instagram
12th June 2025

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވް ކޮށްލައިގެން ދެގުނަ ޑޭޓާ

ނަބީލާ އިސްމާޢީލް
Dec 14, 2020

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިދިޔަ މަހު ފެށި ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެއް އެކްޓިވޭޓް ކުރިޔަސް 2 ގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބޭނެ އެވެ. ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އެވެ.

ދިރާގުން އަންނަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާ ވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355