twitterviber whatsapp telegramfacebookyoutube instagram
12th May 2026

ދާލަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Nov 15, 2024

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބާއްވާ ''ދާލަން: ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ 2024'' ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ދިރާގުން ބުނީ، މި އެކްސްޕޯ އަކީ 15 ން 16 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެއް ކަމަށެވެ. އަދި މި އެކްސްޕޯގައި ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާއި އިދާރާތަކާއި އެކި ކުންފުނިތަކުގެ އިތުރުން ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، މަތީ ތައުލީމުދޭ މަރުކަޒުތައް ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، މި އެކްސްޕޯގައި ކެރިއާ ގައިޑެންސާއި، މަތީ ތަޢުލީމުގެ ފުރުސަތުތަކާއި، ހުނަރު ތަރައްގީކުރުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ދިރާގުން ބުނީ، ޒުވާނުން ބާރުވެރިކުރުވައި، ކުރިއަށް ދިއުމަށް ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މުހިންމު އަމާޒެއް ކަމަށެވެ. އެހެން ކަމުން މި ޕާޓްނާޝިޕުން އެކުންފުނިން ހުނަރުތަކަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިރާގުން ބުނީ، މި އެކްސްޕޯގައި ދިރާގުގެ ސްޓޯލެއް ވެސް ހުންނާނެ ކަމަށާއި އެސްޓޯލުން ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެޕްރެންޓިސް ޕްރޮގްރާމްތަކާއި އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355