twitterviber whatsapp telegramfacebookyoutube instagram
29th April 2026

މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް 52 މިލިއަން ރުފިޔާގެ ބަޖެޓެއް

އަބްދުލް ވާހިދު ޙަސަން
Jan 11, 2021
2

2021 ވަނަ އަހަރަށް 52 މިލިއަން ރުފިޔާގެ ބަޖެޓެއް ކުޅުދުއްފުށީ ކައުންސިލުން ފާސްކޮށްފި އެވެ. މިއަހަރުގެ ބަޖެޓް ފާސްކުރުމަށް މިއަދު އެ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގައި ފާސްކޮށްފައިވަނީ 52،619،232.90 ރުފިޔާ އެވެ.

ހުރިހާ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ބަޖެޓް ފާސްކުރުމަށްވެސް ހުރިހާ މެމްބަރުން ވޯޓްދެއްވި އެވެ. މިއަހަރަށް ފާސްކުރި 52 މިލިއަން ރުފިޔާގެ މި ބަޖެޓްގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 26 މިލިއަން ހިމަނާފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 25 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ދައުލަތުން ދޭ ގުރާންޓްގެ ގޮތުގައި 27 މިލިއަން ރުފިޔާ ޖަހާފައިވާއިރު ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި ފަސް މިލިއަން އަދި ކައުންސިލްގެ އާމްދަނީގެ ގޮތުގައި 19 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް ބަޖެޓްގައި ހިމަނާފައިވެ އެވެ.

މިދިޔަ 2020 ވަނަ އަހަރުވެސް ކުޅުދުއްފުށީ ކައުންސިލަށް 42 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސި ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މަޝްރޫއުތައް ކުރިއަށް ނުގެންދެވި ހުއްޓުނެވެ. އަދި އަހަރުގެ ފަހުކޮޅު ބަޖެޓް ރިވައިސްކޮށް 21 މިލިއަން ރުފިޔާއަށް ކުޑަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355