twitterviber whatsapp telegramfacebookyoutube instagram
29th April 2026

ބަޖެޓް ރިޕޯޓު ނޮވެންބަރު 19 އަށް ނިންމަން ފާސްކޮށްފި

ޚަދީޖާ އާދަމް
Nov 14, 2020

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާކޮށް، މި މަހުގެ 19 ވާ ބުރާސްފަތި ދުވަހު ރިޕޯޓު ނިންމަން ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

ބަޖެޓު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީ ރިޕޯޓު އެކުލަވާލުމަށް ސުން ގަޑި ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. އަދި އަދި ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރު ނިމޭރިއިރު ދައުލަތުގެ ދަރަނި 82.8 ބިލިއަން ރުފިޔައަށް އަރާނެ ކަމަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް މެދުރާސްތާ ދަރަނި ކުޑަ ކުރެވޭނެ ކަމަށެވެ.

އެގޮތުން އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ބަޖެޓު ޑެފިސިޓަކީ 15.50 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 23 ޕަސެންޓުގެ ޑެފިސިޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355