twitterviber whatsapp telegramfacebookyoutube instagram
1st August 2026

34.9 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ޚަދީޖާ އާދަމް
Nov 30, 2020

2021 ވަނަ އަހަަރަށް ލަފާކޮށް 34.09 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަޖެޓް މަޖިލީހުން ފާސްކޮށްފަމިވަނީ ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު އެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އަންނަ އަހަރު ހަރަދު ވާނެ ކަމަށް ލަފާކޮށް ފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާއެވެ. މި ބަޖެޓަކީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހުން ފާސްކޮށްފައިވަނި 68 މެންބަރުންގެ ވޯޓާއެކުއެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީން ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއަށާއި ދައުލަތުގެ އޮފީސްތަކުގެ ބަޖެޓަށް އުނި އިތުރު ގެނެސްފައެވެ. ހަމައެއާއެކު އާމްދަނީ ހޯދަން އިތުރުކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ފާސްކުރީ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ.

ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުވެ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355