twitterviber whatsapp telegramfacebookyoutube instagram
28th September 2023

ފޯކައިދޫ ސްކޫލްގައި 12 ކްލާސްރޫމާއި ހޯލު އެޅުމަށް ހަވާލުކޮށްފި

Jan 24, 2021

ށ.ފޯކައިދޫ ސްކޫލްގައި 12 ކްލާސްރޫމްއާއި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމަށްޓަކާ ބަޔަކާ ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ ޑްޕްލެކްސް ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަސްލަމެވެ.

ސަރުކާރުގެ ބަޖެޓްގެ ޕީއެސްއައިީގެ ދަށުން މި މަސައްކަތް ކުރުމަށްޓަކައި އެ ކުންފުންޏަށް ހަވާލުކުރީ 210 ދުވަހު ނިންމާގޮތަށެވެ. މި މަސައްކަތަށް ސަތާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި މަޝްރޫއުގެ ދަށުން އެ ސްކޫލްގައި 12 ކްލާސްރޫމްއާއި 2 ބުރި އިމާރާތުގެ މަލްޓި-ޕަރޕަސް ހޯލެއް އެޅުމަށްވެސް ހަމަޖެހިފައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް މިއަހަރުގެ އޯގަސްޓްމަހަށް ނިންމާނެކަމަށް އުއްމީދު ކުރާކަމަށެވެ.

ޖާގައިގެ ދަތިތަކާހެދި ފޯކައިދޫ ސްކޫލްގައި ކިޔަވައިދެނީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ. އެ ސްކޫލަކީ ގުރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355