twitterviber whatsapp telegramfacebookyoutube instagram
26th July 2026

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފުރަތަމަ ބޯޑް ބައްދަލުވުން ބާއްވައިފި

އަބްދުލް ވާހިދު ޙަސަން
Jan 31, 2021
3

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބޯޑްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ. ވާރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި 6 މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޯޑްގެ ޗެއާޕަރސަން އާމިނަތު ގާސިމް ވިދާޅުވީ، ބޯޑްގެ މެމްބަރުން ވާން ޖެހޭނީ ހޮސްޕިޓާ ތަރައްގީކުރުމަށް މަގުދައްކައި އެހީތެރިވާ ބޯޑެއްގެ ގޮތުގައި ކަމަށެވެ.

ބޯޑްގެ ކޮންމެ މެމްބަރަކީވެސް މުހިންމު ބޭފުޅެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެވޭ ބޯޑެއްގެ ގޮތުގައި ހުރިހާ މެމްބަރުން މަސައްކަތްކުރުމަށް އާމިނަތު ވަނީ ނަސޭހަތްތެރިވެފަ އެވެ.

އާމިނަތު ވިދާޅުވީ، ބޯޑުގެ ބައްދަލުވުން ބޭއްވުމުގައި ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދުގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ލިބުނުކަން ފާހަގަކޮށް ޝުކުރުއަދާކުރި އެވެ.

މިބައްދަލުވުމުގައި މެމްބަރުން ތައާރަފްވުމާއި ބޯޑްގެ ބައްދަލުވުންތައް ކުރިއަށްގެންދާނެގޮތާ ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355