twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް އާމިނަތު ގާސިމް އައްޔަންކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Jan 20, 2021
6

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް، ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މިއަދު އެކުލަވާލައި އެ ބޯޑުގެ މެމްބަރުކަމަށް 6 ބޭފުޅަކު އައްޔަންކުރައްވާފައިވާ ކަމަށެވެ.

އެ ބޯޑްގެ ޗެއަރޕަރސަންގެ މަގާމަށް އައްޔަންކުރެއްވީ ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި، ކުޅުދުއްފުށީ/ތަރި، އާމިނަތު ގާސިމެވެ.

ބޯޑަށް އައްޔަންކުރެއްވި 6 މެމްބަރުން

  • އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި) - އާންމުގެ ތެރެއިން
  • ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ) - ސިއްހީ ދާއިރާ
  • މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް) - މިނިސްޓްރީގެ ފަރާތުން
  • ޙަސަން ޝުޖާޢު (ހަނީމޫން، ހދ. ކުޅުދުއްފުށި) - ފައިނޭޝިއަލް ދާއިރާ
  • ޢަބްދުއްލަޠީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި) - ކައުންސިލް ފަރާތުން
  • އަޙްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި) - މެނޭޖަރ އޮފް ހެލްތް ސާވިސަސް

ޗެއަރޕަރސަންގެ މަގާމަށް އައްޔަނުކުރެއްވި އާމިނަތު ގާސިމަކީ ތައުލީމީ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ފަރާތެކެވެ. ސިއްހީ ދާއިރާގެ ބޭފުޅެއްގެ ގޮތުގައި ޑރ އާމިނަތު ނަޒީރު އައްޔަނުކުރެއްވިއިރު ހެލްތް މިނިސްޓްރީގެ ފަރާތުން ބޯޑުގައި އިންނަވާނީ މުއުމިނާ އަބުދުﷲ އެވެ.

ފައިނޭޝިއަލް ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ހަސަން ސުޖާއަކީ ޗާޓަރޑް އެކައުންޓެންޓެކެވެ. އަބުދުލް ލަތީފް ބޯޑުގައި އިންނަވަނީ ކައުންސިލްގެ ފަރާތުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިނިސްޓްރީގެ ދަށުން ވަކިކުރުމަށްފަހު އެހޮސްޕިޓާ ވަކި ގަވާނިންގ ބޯޑެއްގެ ދަށުން ހިންގުމަށް ރައީސް ސޯލިހް ނިންމެވީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުންނެވެ.

އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދައި މި ހޮސްޕިޓަލްގެ މެނޭޖަރ އޮފް ހެލްތް ސާވިސަސްގެ މަގާމުގައި ހުންނެވީ އަހުމަދު ދާއޫދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355