twitterviber whatsapp telegramfacebookyoutube instagram
15th July 2025

15 އަތޮޅެއްގައި ސަރުކާރުން ޕަބްލިކް ވޯކްސް ޔުނިޓް ގާއިމުކުރަނީ

Jul 14, 2025

ޕަބްލިސް ވޯކްސް ގެ ހިދުމަތް ނުދޭ 15 އަތޮޅެއްގައި ޔުނިޓުތައް ގާއިމުރަން ނިންމައިފި އެވެ.

ލޯކަލް ގަވަމަންޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސް ހިދުމަތް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަފީރު ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސްގެ ނިންމެވުމުގެ ދަށުން މިހާރު ޕަބުލިކް ވޯކްސް ހިދުމަތް ނުދެވި ހުރި އަތޮޅުތަކުގައި އެ ޔުނިޓްތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ޔުނިޓުތައް ހިންގާނީ މިހާރު ވެސް އުފެދިފައި ހުރި ޔުނިޓުތަކެކޭ އެއްގޮތަށް ކައުންސިލްތަކާ ގުޅިގެން ކަމަށެވެ.

ޕަބްލިކް ވޯކްސް ނުވަތަ އާންމު ހިދުމަތްދޭ ޔުނިޓުތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ ވެލިމަގުތައް އެއްވަރުކުރުމާއި ކާނުތައް ސާފުކުރުމާ އެހެނިހެން އާންމު ހިދުމަތްތަކެވެ.

މި ނިންމުމުގެ ދަށުން ޕަބްލިކް ވޯކްސް ޔުނިޓުތައް ގާއިމުކުރާނީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަން ކުރާ ރަށުގަ އެވެ. އެ 14 ރަށަކީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ބ. އޭދަފުށި، ޅ. އޭދަފުށި، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި އެވެ.

ސަރުކާރުގެ މި ނިންމުމާއެކު މި 14 ރަށުގެ އިތުރު އެތައް ވަޒީފާއެއް އުފެދިގެންދާނެ އެވެ. ވަޒީފާއަށް މީހުން ހޯދުމާއި ވަސީލަތްތައް ހޯދުމުގެ އިދާރީ ހުރިހާ މަސައްކަތެއް ކުރާނީ ލޯކަލް ގަވަމަންޓް މިނިސްޓްރީން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355