twitterviber whatsapp telegramfacebookyoutube instagram
15th July 2025

އަންހެނުންގެ އިތުބާރު ހޯދާފައިވާ ސްކޭން ޑރ ހަދީޖާ ކުޅުދުއްފުށީ ގައިނޯވާ ކުލިނިކަށް

Jul 14, 2025

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ، ތަޖުރިބާކާރު ރޭޑިއޮލޮޖިސްޓް ޑރ ހަދީޖާ އަބުދުﷲ ކުޅުދުއްފުށީ ގައިނޯވާ ކުލިނިކްގައި ބަލި މީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.

އަންހެނުންގެ ސިއްހަތުގެ ހިދުމަތްތަކަށް ހާއްސަވެފައިވާ ގައިނޯވާ ކުލިނިކްގައި ޑރ. ހަދީޖާ ބަލި މީހުން ބަލާގޮތަށް ހަމަޖެހިފައިވަނީ އޮގަސްޓް 1 އަދި 2 ވަނަ ދުވަހު އެވެ.

ޑރ. ހަދީޖާއަކީ ޑައިގްނޯސްޓިކް އިމޭޖިންގ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއެކު، އޮބްސްޓެޓްރިކް އަދި ގައިނަކޮލޮޖިކަލް އަލްޓްރާސައުންޑްތަކުގައި ހާއްސަވެފައިވާ، ކުޅަދާނަ ރޭޑިއޮލޮޖިސްޓެކެވެ.

އޭނާގެ ސައްހަކަމާއި، ޕްރޮފެޝަނަލިޒަމާއި، އަދި ބަލިމީހުންނަށް އަމާޒުކޮށްފައިވާ ފަރުވާއަށް މަޝްހޫރުވެފައިވާ ޑރ. ހަދީޖާ ވަނީ ޕްރެގްނަންސީ އަދި ރިޕްރޮޑަކްޓިވް ހެލްތުގެ ހާލަތްތަކުގައި އަވަހަށް ދެނެގަތުމާއި ރައްކާތެރި މޮނިޓަރިންގ މެދުވެރިކޮށް އެތައް ބަޔަކަށް ފަރުވާދީ އިތުބާރު ހޯދާފައިވާ ބޭފުޅެކެވެ.

ގައިނޯވާ އިން ބުނީ، އެ ކުލިނިކުގައި މަހަކު އެއްފަހަރު ޑރ ހަދީޖާ ބަލި މީހުން ބައްލަވާނެ ކަމަށާއި ހަދީޖާއާއެކު އެ ކުލިނިކްގެ އަންހެނުންގެ ހާއްސަ މައްސަލަތަކުގެ ތަޖުރިބާކާރު، އަންހެނުންގެ ހާއްސަ ޑރ އާމިނަތު ނުސްރާވެސް މަހަކު އެއްފަހަރު ބަލި މީހުން ބައްލަވާނެކަމަށެވެ.

ޑރ ނުސްރާއަކީ މާބަނޑު މީހުން ބެލުމާއި އަދި އަންހެނުންގެ އެކި ބަލިތަކަށް ފަރުވާދިނުމުގައި ފާހަގަކޮށްލެވޭ ޑޮކްޓަރެކެވެ. އަދި މީގެ އިތުރުން އޭނާ އަކީ ލެޕްރެސްކޯފިކް ޝާރޖަންއެއްވެސް މެ އެވެ. އެގޮތުން ލޯވަޅު އަޅައިގެން ޑރ ނުސްރާ ކުރައްވާ އޮޕަރޭޝަންތަކުގެ ތެރޭގައި ސިސްޓް ނެގުމާއި ފައިބްރޮއިޑް އަދި ރަހިމު ނެގުން ފަދަ އޮޕަރޭޝަންތައް ހިމެނެ އެވެ.

ގައިނޯވާގެ ވެބްސައިޓް މެދުވެރިކޮށް ބުކިންގ ހެދުމާއި އިތުރު މައުލޫމާތު ސާފުކުރެވޭނެ

ޑރ ހަދީޖާ ކުރައްވާ ސްކޭނިންގ ތެރޭގައި:

  • މާބަނޑު މީހުން
  • އުރަމަތީގެ ސްކޭން
  • އަންހެނުންގެ ސްކޭން
  • ތައިރޮއިޑް ސްކޭން

ގައިނޯވާ ކުލިނިކަށް ދައްކާ ފަރާތަށް މާލެއިން ހިދުމަތް ދޭން ޖެހޭ ހާލަތްތަކުގައި އެޕޮއިންޓްމެންޓް ހަމަޖައްސައިދިނުމާއި އޮޕަރޭޝަން ކަންކަން ބަލަހައްޓައިދިނުމުގައި އެހީތެރިކަން ލިބޭނެ އެވެ

އެޕޮއިންޓްމެންޓް ހެދުމަށާއި ބަލި މީހުންގެ ހުރިހާ ކަންކަން ބަލަހައްޓަމުންގެންދާނީ ގައިނޯވާ ވެޓްސައިޓް މެދުވެރިކޮށެވެ. ބުކިން ހަދަން ބޭނުންވާ ފަރާތްތަކުން ގައިނޯވާ ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދޭނެ އެވެ. އަދި ގައިނޯވާގެ ވެބްސައިޓްގެ ޗެޓް ފަންގްޝަން މެދުވެރިކޮށް މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އެވެ.

ދާދިފަހުން ކުޅުދުއްފުށީގައި ހުޅުވައި ހިދުމަތްދޭން ފެށި ގައިނޯވާ ކުލިނިކުގައި މާބަނޑު މީހުންނަށް ހާއްސަ ކުލިނިކެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މާބަނޑު މީހުން ބެލުމާއި ސްކޭންގެ ހިދުމަތުގެ އިތުރުން މާބަނޑު މީހުންގެ ހާއްސަ ސެޝަންތައްވެސް ބޭއްވުމަށް ވަނީ ރޭވިފަ އެވެ.

މި ކުލިނިކް ހުންނާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ދެކުނުން 'ސިންގަރ ހޯމްސް' މަތީ ބައިގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355