twitterviber whatsapp telegramfacebookyoutube instagram
23rd September 2026

މިދިޔަ އަހަރު އެމްޓީޑީސީއަށް 1.7 މިލިއަން ޑޮލަރުގެ ފައިދާއެއް

Feb 25, 2021

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 1.7 މިލިއަން ޑޮލަރު ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި ކުންފުންޏަށް އާމްދަނީ އަށް ލިބުނީ 945,719 ޑޮލަރެވެެ. އެ މުއްދަތުގައި ފައިދާ އަށް 932,751 ޑޮލަރު ލިބުނު ކަމަށްވެސް ހިސާބުތައް ދައްކައެވެ.

އެ މުއްދަތުގައި ފައިދާ އަށް 932,751 ޑޮލަރު ލިބުނު ކަމަށްވެސް ހިސާބުތައް ދައްކައެވެ. މުޅި އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައިި ލިބުނީ 3.6 މިލިއަން ޑޮލަރެވެ.

އެމްޓީޑީސީގެ ދަށުން ތަރައްގީކޮށް، މިވަގުތު ހިންގަމުން އަންނަނީ މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބްލީޒްކޮށްގެން ހިންގާ ބ. ކިހަވަށް ހުރަވަޅި (އަނަންތާރާ ކިހަވަށް ވިލާޒް) އަދި ތުރުކީގެ އަހްމެޓް އައިދެޒް ކުންފުންޏަށް ސަބްލީޒް ކޮށްގެން ހިންގާ ގދ. މަގުދުވާ (އަޔާދާ މޯލްޑިވްސް)އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293