twitterviber whatsapp telegramfacebookyoutube instagram
18th July 2026

މިހަފުތާ ކުޅުދުއްފުށީގައި ވެކްސިން ޖެހުން ކުރިއަށްދާނީ އަމީރު އަމީން ސްކޫލުގައި

އަބްދުލް ވާހިދު ޙަސަން
Mar 13, 2021

ކުޅުދުއްފުށީގައި އުޅޭ 18 އަހަރުން މަތީގެ މީހުންނަށް މިހަފްތާ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނީ އަމީރު އަމީން ސްކޫލުގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއާރުއެޗުން ބުނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވެކްސިން ޖެހުމުގެ ހަރަކާތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެކަމަށެވެ. އެގޮތުން ވެކްސިން ޖެހުން ކުރިއަށްދާނީ ކޮންމެ ދުވަހަކު މެންދުރު 12:00-14:00 ކަމަށެވެ.\

ހޮސްޕިޓަލުން ބުނީ ވެކްސިން ޖެހުމަށް ކޮންމެ ދުވަހަކުވެސް ދޫކުރާނީ 400 ނަމްބަރުކަމަށެވެ.

މިދިޔަ ހަފުތާ ކޮވިޑް-19 ވެކްސިން ޖެހުމަށް ހުޅުވާލުމުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން ބައެއް ދުވަސްތަކަގައި 600 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355