twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ކޮވިޑްގެ ހަތަރުވަނަ ޑޯޒް 689 މީހަކު ޖަހައިފި

ޚަދީޖާ އާދަމް
Jul 12, 2022

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ހަތަރުވަނަ ޑޯޒް 689 މީހަކު ޖަހައިފި އެވެ. ވެކްސިންގެ 4 ވަނަ ޑޯޒަކީ ދެވަނަ ބޫސްޓާރ ޑޯޒެވެ.

ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމާ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އެޗްޕީއޭ އިން އާންމުކުރި ވެކްސިންގެ ތަފާސް ހިސާ ދައްކާ ގޮތުން ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހާފައި އަދި ވަނީ އާބާދީގެ 0.15 އިންސައްތަ މީހުންނެވެ.

މިހާތަނަށް ވެކްސިންގެ ތިންވަނަ ޑޯޒް ޖަހާފައިވަނީ 165،066 މީހެކެވެ. އެއީ އާބާދީގެ 36.45 އިންސައްތަ އެވެ. ތިން ވަނަ ޑޯޒް ދީފައިވަނީ ފުތަރަމަ ބޫސްޓާރ ޑޯޒްގެ ގޮތުގައެވެ.

މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398،949 މީހެކެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.11 އިންސައްތަ އެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ އާބާދީގެ 84.95 އިންސައްތަ އެވެ. އެއީ 384،648 މީހެކެވެ.

ރާއްޖޭ ވަނީ ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ކޮށްފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދުވަނީ 307 އިން މައްޗަށް އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293