twitterviber whatsapp telegramfacebookyoutube instagram
10th October 2026

5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދެނީ

Feb 14, 2023

ރާއްޖޭގައި އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ވެކްސިން ދޭން ފަށަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ތައްޔާރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން 5 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ފައިޒާ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށާއި، މިއަދުން ފެށިގެން އެ އުމުރުގެ ކުދިންނަށް ވެކްސިން ދޭނެ ކަމަށެވެ.

އެގޮތުން މާލޭގެ ވެކްސިން ސެންޓަރުތަކުގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލް އަދި ސެންޓަރުތަކުން ވެކްސިން ލިބެން ހުންނާނެ ކަމަށް އެ އޭޖެންސީން ބުނެއެވެ.

މީގެ އިތުރުން، އުމުރުން 12 އަހަރުން މަތީގެ އުމުރުފުރާތަކުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން މިހާރު ލިބެން ހުންނާނެ ކަމަށާއި، ވެކްސިން ޑޯޒްތަކާއި ބޫސްޓާ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލްގެ އިތުުރުން، ދަމަނަވެށީގައެވެ.

ރާއްޖޭގައި މިހާތަނަށް 399،178 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވާއިރު، 385،099 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. ބޫސްޓަރ ޑޯޒްގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ އެންމެ 1،523 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 185،723 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 311 މީހަކު ވަނީ އެ ބަލީގައި މަރުވައެފެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293