ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ ސްޓެއަރިން ކޮމެޓީއަށް އަލަށް ވަޓްސް އެޕް ގުރޫޕެއް ނަހަދާކަމުގައި ޕީއެންސީ އުތުރު ދާއިރާގެ ނައިބު ރައީސް އަސްރަފް އަބުދުﷲ (ރަފީޓޯ) ވިދާޅުވެއްޖެ އެވެ.
ރަފީޓޯ މިހެން ވިދާޅުވީ، އެ ޕާޓީގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ސްޓެއަރިން ކޮމެޓީއަށް އަލަށް ވަޓްސް އެޕް ގުރޫޕެއް ހަދައި އެ ގުރޫޕަށް ބައެއް މެންބަރުން އެޑްނުކުރުމުން ކުރީގެ ގުރޫޕުން ބައެއް މެންބަރުން ހިތްހަމަނުޖެހިގެން ނުކުތްކަމުގެ ހަބަރު ރިޕޯޓްކުރުމުންނެވެ.
ކުޅުދުއްފުށީ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މެންބަރުން ކޭއޯއަށް މައުލޫމާތުދިނީ، އެޕާޓީގެ އުތުރު ދާއިރާގެ ސްޓެއަރިން ކޮމެޓީގެ ބޭނުންތަކަށް އަލަށް ވަޓްސް އެޕް ގުރޫޕެއް ހެދި ކަމަށެވެ. އަދި އަންހެނުން ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ އާއި އެ ކޮމެޓީގައި ހިމެނެނީ ޝަމީމާ ހަސަން އަލަށް ހެދި ވަޓްސް އެޕް ގުރޫޕަށް އެޑްނުކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ކުރީގެ ގުރޫޕުން ނުކުމެފައިވާ ކަމަށެވެ.
އެކަމުގެ މައުލޫމާތު ސާފުކުރަން މިނޫހުން ހަދީޖާ އާއި ޝަމީމާއަށް ގުޅުމުން އެކަން ދޮގުނުކޮށް ވިދާޅުވީ، އެކަމުގެ ކޮމެންޓެއް ދޭން ބޭނުންނުވާ ކަމަށެވެ.
ނަމަވެސް ހަބަރު ރިޕޯޓްކުރުމުން އުތުރު ދާއިރާގެ ނައިބު ރައީސް އަސްރަފު އަބުދުﷲ (ރަފީޓޯ) ކޭއޯއަށް މައުލޫމާތުދެމުން ވިދާޅުވީ، އުތުރު ދާއިރާގެ ސްޓެއަރިން ކޮމެޓީއަށް އަލަށް ވަޓްސް އެޕް ގުރޫޕެއް ނަހަދާ ކަމަށާއި ސްޓެއަރިން ކޮމެޓީގައި ބޭނުންކުރަމުންދަނީ ކުރިންވެސް ހަދާފައިވާ ގުރޫޕްކަމަށެވެ.