ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ނައިބު ރައީސްގެ މަގާމަށް ހަ މެންބަރަކު އިންތިހާބު ކޮށްފި އެވެ.
ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އަށް މެންބަރަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން ހަ މެންބަރަކު ހޮވަން ޖެހޭ އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ސިޔާމް އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަށެވެ.
ނައިބު ރައީސް ކަމަށް ވާދަ ކުރެއްވި ނަމަވެސް އިންތިހާބު ނުވި ދެ މެންބަރުންނަކީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލެވެ.