twitterviber whatsapp telegramfacebookyoutube instagram
6th September 2026

ސިނޯފާމްއާއި ފައިޒާ ވެކްސިން ޖަހަން ރާއްޖޭގައި ހުއްދަ ދީފި

ޚަދީޖާ އާދަމް
Mar 15, 2021

ސިނޯފާމް އާއި ފައިޒާ ވެކްސިނަށް ރާއްޖޭން ހުއްދަ ދީފި އެވެ. މި ދެ ވެކްސިނަށް ހުއްދަ ދީފައިވަނީ އެމެޖެންސީ ހާލަތެއްގައި ބޭނުން ކުރުމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއުލާނުކުރި ގޮތުގައި ސިނޯފާމް ވެކްސިން ޖަހާނީ 18-60 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ފައިޒާ ވެކްސިން މިހާރު ވެސް ވެކްސިން ދޭ އުމުރުތަކުގެ މީހުންނަށް ދޭނެ އެވެ.

ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 18،000 ޑޯޒް ލިބިފައި ވެ އެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ ވެކްސިންގެ އިތުރު 200،000 ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ.

ރާއްޖެއަށް މިހާތަނަށް ފައިޒާ ވެކްސިން ލިބިފައެއް ނުވެއެވެ. ނަމަވެސް އޭގެ ވެކްސިން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިޔާއިން އުފައްދާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. މިހާތަނަށް ރާއްޖެއަށް ގެނެސްފައި ވަނީ ކޮވިޝީލްޑްގެ 212،000 ޑޯޒްގެ ވެކްސިން އެވެ. އެއީ އިންޑިއާއިން ހަދިޔާކުރި ދެ ލައްކަ ޑޯޒް އާއި ކޮވެކްސް ފެސިލިޓީން ހަދިޔާކުރި 12،000 ޑޯޒް އެވެ.

އިއްޔެއާ ހަމައަށް 206،114 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާތީ މިހާރު ބާކީ ހުރީ 5،886 ޑޯޒެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355