twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި

- މިއަދު ނެގި 100 ސާމްޕަލްވެސް ނެގެޓިވް
- މިހާތަނަށް 300 ސާމްޕަލް ވަނީ ނަގާފައި
- މާދަމާވެސް އިތުރު 200 ސާމްޕަލް ނަގާނެ

އަބްދުލް ވާހިދު ޙަސަން
Mar 28, 2021
1

ހަތަރު ދުވަސް ފަހުން ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން ކުޅުދުއްފުށި މޮނިޓަރިންގއަށްލީ މިމަހު 24 ވަނަދުވަހު ރޭގަނޑުގެ ވަގުތެއްގައި އެވެ.

މޮނިޓަރިންގ އުވާލިކަން އެޗްޕީއޭއިން އަންގާފައިވާ ލިޔުން ހޮސްޕިޓަލާއި ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ. ކުޅުދުއްފުށި މޮނިޓަރިންގގެ ހާލަތަށް ލީ މިދިޔަ ބުދަ ދުވަހު ނައިފަރުން އިތުރުން ފަރުވާއަށް ކުޅުދުއްފުއްޓަށް އައި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކޭއާރުއެޗުގައި އެޑްމިޓްކުރިފަހުންނެވެ. ބަލި މީހަ އާއި އޭނާގެ ދެ އެހީތެރިންގެ އިތުރުން އެރަށުން ފަރުވާއަށް އައި މީހެއްގެ އެހީތެރިޔާ ޕޮޒިޓިވްވި އެވެ. ނައިފަރަށް ނިސްބަތްވާ މި ހަތަރު މީހުންނަކީވެސް ފެލިވަރު މަސްފެކްޓްރީގައި މަސައްކަތްކުރާ މީހުންނެވެ.

މި ހަތަރު ފިރިހެނުންގެ ހާލުވެސް ރަނގަޅެވެ. މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށީގައި ބަލި ފެތުރިފައިވޭތޯ ބެލުމަށްޓަކާ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެގޮތުން އެ ހަތަރު މީހުންނާ ގުޅުން ހުރި މީހުންނާއި ރޭންޑަމް ސާމްޕަލް ހިމެނޭހެން 300 އަށްވުރެ ގިނަ ސާމްޕަލް ނަގާފަ އެވެ. އެ ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފަ އެވެ.

މޮނިޓަރިންގ އުވާލިނަމަވެސް ހޯމަ ދުވަހުވެސް 200 ރޭންޑަމް ސާމްޕަލް ނަގާނެކަމަށް އޮފިސަލުން ވިދާޅުވެ އެވެ.

ކޭއާރުއެޗުން ބުނީ ހަލުވިކަމާއެކު ރާއްޖެގެ އެކި ސަރަހައްދުތަކުގައި ބަލި ފެތުރެމުން ދިއުމާއެކު ރައްކާތެރިކަމުގެ ގޮތުން މާސްކު އަޅާ، ސާފުތާހިރުކަމާއި، އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށެވެ. އަދި ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ 7606688 އާ ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް އެފަރާތުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355