twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ހަފްތާއެއް ތެރޭ 1202 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޚަދީޖާ އާދަމް
Jun 27, 2022

މިދިޔަ ހަފްތާގައި ކޮވިޑަށް 1202 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅުތަކުން 452 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މާލެ ސަރަހައްދުން 528 މީހަކަށް ބަލި ޖެހުނެވެ. ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްތަކުން 222 މީހަކަށް ވަނީ ބަލިޖެހިފައެވެ.

މިދިޔަ 8 ހަފްތާގެ ޕޮޒިޓިވް ނަންބަރު

- މެއި 1ން 7ށް - 120 މީހަކު ޕޮޒިޓިވް
- މެއި 8ން 14 އަށް - 77 މީހަކު ޕޮޒިޓިވް
- މެއި 15 އިން 21 އަށް - 102 މީހަކު ޕޮޒިޓިވް
- މެއި 22 އިން 28 އަށް - 91 މީހަކު ޕޮޒިޓިވް
- މެއި 29 އިން ޖޫން ހަތަރަކަށް - 84 މީހަކު ޕޮޒިޓިވް
- ޖޫން ފަހަކުން 11 އަށް - 142 މީހަކު ޕޮޒިޓިވް
- ޖޫން 12 އިން 18 އަށް - 405 މީހަކު ޕޮޒިޓިވް
- ޖޫން 19 އިން 25 އަށް - 1202 މީހަކު ޕޮޒިޓިވް

ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 181،000 ވުރެ މައްޗަށް އަރާފައެވެ. އެ ބަލީގައި ރާއްޖެއިން 305 މީހަކު މަރުވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293