twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ހިމަބިހީގެ ކޭސްތަކުގެ އަދަދު އިތުރުވެއްޖެ

ނަބީލާ އިސްމާޢީލް
Sep 22, 2026

މާލެ ސަރަހައްދުން ފާއިތުވި ހަފުތާގައި ފެނިފައިވާ ހިމަބިހީގެ ކޭސްތަކުގެ އަދަދު އިތުރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އިތުރު 13 މީހުންނަށް ހިމަބިހި ވަނީ ޖެހިފައެވެ. އެކަމަކު، އޭގެކުރީ ހަފުތާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ، ފަހަކަށް ދަށްވެފައެވެ.

މިއަހަރުގެ މިހާތަނަށް މި ވަނީ، ހިމަބިހީގެ ކޭސްތައް 282އަށް އަރާފައެވެ.

އެ ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިންމިހާތަނަށް ވަނީ، 16،423 މީހުންނަށް ވެކްސިން ދީފައެވެ.

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293