twitterviber whatsapp telegramfacebookyoutube instagram
19th August 2026

ބޮޑު ފަސޭހައެއް، ކުޅުދުއްފުށީ ހޮސްޕިޓަލުގައި މޯބައިލް ކިއު ސިސްޓަމެއް!

އަބްދުލް ވާހިދު ޙަސަން
Mar 29, 2021
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެންޓް ކިއު މޯބައިލް ސިސްޓަމްގެ ހިދުމަތް ތައާރަފުކޮށްފި އެވެ. މިއީ އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް މިހާ ބޮޑު ހޮސްޕިޓަލެއްގައި ހިދުމަތްދޭން ފެށި ފުރަތަމަ ފަހަރެވެ.

ކޭއާރުއެޗުން ބުނީ މިއަދު ފެށުނު މި ހިދުމަތާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް މޯބައިލް މެދުވެރިކޮށް ކައުންޓަރު އަދި އޯޕީޑީގެ ކިއު ނަންބަރުތައް ބަލާލުމުގެ ފަސޭހަ ލިބިގެންދާނެކަމަށެވެ.

ކޭއާރުއެޗުގެ މެނޭޖަރ އޮފް ހެލްތް ސާވިސަސް އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ދޭ ހިދުމަތް ފަސޭހަ ކުރުމަށްޓަކާ އިތުރު ހިދުމަތްތައްވެސް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ އިސްކަމެއް ދެނީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށެވެ.

މިހާރު އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތްކަމަށާ އެގޮތުން 30 އެނދުގެ ވާރޑްގެ އިމާރާތް އަދި 6 އެނދުގެ އައިސީޔޫ ނިމުމާއެކު ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި އިތުރު ހިދުމަތްތައްވެސް ތައާރަފުކުރެވޭނެ ކަމަށެވެ.

"ކަސްޓަމަރ ޕްރެންޑްލީ، ކަސްޓަމަރ ސެންޓްރިކް އެންވަޔަރަމަންޓެއް ގެނައުމަށްޓަކާވެސް މިދަނީ މަސައްކަތްކުރަމުން." ކޭއާރުއެޗުގެ މެނޭޖަރ

އަޅުގަނޑުމެން މިއަދު ވާނީ ހިދުމަތް ހޯދާ ފަރާތްތަކުގެ ފަސޭހައަށްޓަކައި އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް އަޅުގަނޑުމެންގެ...

Posted by Kulhudhuffushi Regional Hospital on Sunday, March 28, 2021

ހޮސްޕިޓަލުން ބުނީ މި ތައާރަފުކުރެވުނު ކިއު ސިސްޓަމް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން އިތުރު ފީޗާތައް، އިތުރު ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި އެއްވެސް ހިޔާލެއް ހިއްސާ ކުރަން ބޭނުންވާ ފަރާތެއްވާނަމަ 7887799 ނަމްބަރަށް މެސެޖަކުން ހިއްސާކުރުމަށް ހޮސްޕިޓަލުން އެދެ އެވެ.

އުތުރުގެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ކޭއާރުއެޗަކީ އަތޮޅުތެރޭގައި އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355