twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކަރަންޓީނު ނުވެ، ވޯޓުލާން ރަށްރަށަށް ދެވޭގޮތަށް ހަދައިދީފި

އަބްދުލް ވާހިދު ޙަސަން
Apr 8, 2021
2

އަންނަ ހޮނިހިރު ދުވަަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ކަރަންޓީނާ ނުވެ ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭއިން ހަދައިދީފި އެވެ.

އެޗްޕީއޭ އިން ދެންމެ އާންމުކުރި އެންގުމުގައިވާ ގޮތުން ކަރަންޓީން ވުމެއް ނެތި ވޯޓުލާން ރަށްރަށަށް ދެވޭނެ ފުރުސަތު އޮތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އެ 10 ދުވަހުގެ ކަރަންޓީނާ ނުލައި ދަތުރުކުރާއިރު ހާއްސަ އުސޫލުތަކަކަށް އަމަލުކުރަން ޖެހެ އެވެ.

  • ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
  • ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
  • މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
  • ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ
  • އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
  • ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.
  • ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި އަމަލުކުރުން.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ގެޒެޓް ކުރި އެންގުމުގައި ބުނީ، މި ޚާއްސަ އުސޫލުން ދަތުރުކުރެވޭނީ ވޯޓުލާން ދާ މީހުންނަށް އެކަނި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355