twitterviber whatsapp telegramfacebookyoutube instagram
15th April 2026

ކުމުންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Apr 12, 2021
1

ހދ ކުމުންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ މީހާ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކޮށްލަން ނެގި ސާމްޕަލުންނެވެ.

20 އަހަރުގެ އެ މީހާ ވަނީ އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓްލުމަށްވެސް ގޮސްފަ އެވެ.

އެރަށުން ވާހަކަ ދެއްކި ހެލްތް އޮފިޝަލަކު ވިދާޅުވީ، އޭނާ ވޯޓުލުމަށް ގޮސްފައިވަނީ އިލެކްޝަން ކޮމިޝަނުން ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑީގަ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

އެހެންވުމުން އޭނާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ނޯނާނެކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން އޭނާއަށް ކާން ގެންގޮސްދިން ދެ މީހުން ސާމްޕަލް ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355