twitterviber whatsapp telegramfacebookyoutube instagram
11th June 2025

ފުރަތަމަ ކުއާޓާގައި ބީއެލްއެލްގައި 357 މިލިއަން ރުފިޔާގެ ފައިދާއެއް

May 2, 2021
1

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 357 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ބީއެމްއެލްއިން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް 357 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓު އިތުރު އަދަދެކެވެ.

އެ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބިފައިވެ އެވެ. އެއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 25 ޕަސެންޓު އިތުރު އަދަދެކެވެ.

ބީއެމްއެލްއިން ބުނީ އެ ނަތީޖާ ބޭންކަށް ހާސިލްކުރެވިފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށެވެ.

އެ ނަތީޖާ ހާސިލް ކުރެވުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް އެ ބޭންކުން ބުންޏެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައި ކަމަށް އެ ބޭންކުން ބުންޏެވެ.

20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް، 71 ސެލްފްސާވިސް ބޭންކިން ސެންޓަރު، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓް، އަދި 132 އޭޓީއެމް ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355