twitterviber whatsapp telegramfacebookyoutube instagram
20th June 2025

މިރޭ 9 ން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ

ޚަދީޖާ އާދަމް
May 6, 2021

މާލެ ސަރަހައްދުގައި މިރޭ 9 ން ފެށިގެން ފަތިހު 4 ކަށް ކާފިއު އިއުލާންކޮށްފި އެވެ. އެޗްޕީއޭއިން ބުނީ ކޮވިޑް19ގެ ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.

ކާފިއު ހިންގާ ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެކެވެ..

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ކޮވިޑް ފެތުރިފައިވާއިރު އިއްޔެ އެކަނިވެސް މާލެއިން 540 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އަތޮޅުތަކުން 186 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންނާއި ސިނާއީ ރަށްރަށުން އެކަކު ވަނީ އިއްޔެ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 32،665 އަށް ވަނީ އަރާފަ އެވެ.

އެޗްޕީއޭއިން ބުނީ ކާފިއު ހިންގާވަގުތު ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް މީގެ ކުރިން ވެސް ދޫކުރި ފަދައިން ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 7،109 އަށް ވަނީ އަރާފަ އެވެ. އަދި އޭގެ ތެރެއިން 198 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355