twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ހދ ގެ ތިން ރަށެއްގައި ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 6, 2021

ހދ އަތޮޅުގެ ތިން ރަށަކުން ޕޮޒިޓިވް-19 ކޭސްތަކެއް ފެނިއްޖެ އެވެ. އެ ތިން ރަށުންވެސް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބި ބަޔެކެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ ހަނިމާދޫ އާއި ކުރިނބީ އަދި ހިރިމަރަދޫންނެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި ހަނިމާދޫން ޕޮޒިޓިވްވީ އެރަށުގައި ތިބި އިންޑިޔާ ސިފައިންގެ އާއިލާގެ ބަޔެކެވެ. އެ މީހުންނަކީ އިންޑިޔާއިން ރާއްޖެ އައިސް އެރަށުގައި ކަރަންޓީނުވެފައި ތިބި ބައެކެވެ.

އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު މުއްދަތު ހަމަކޮށް ދޫކޮށްލުމުގެ ކުރިން ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މީހުންނާ ބައްދަލުވިކަން ފާހަގަވި ދެ މީހަކުވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.

ކުރިނބީންވެސް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބި ފަސް މީހެކެވެ. އެ މީހުންނަކީ މާލެ ސަރަހައްދުން ދަތުރުކޮށްފައި އައިސް ތިބި މީހުންކަމަށް މައުލޫމާތު ލިބެ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ އަލާމާތް ހުރެގެން ޓެސްޓްކުރުމުންނެވެ. އަލާމާތް ފެނިފައިވަނީ ކަރަންޓީނުގައި ތިބި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންގެ ފަރާތުންނެވެ.

ހިރިމަރަދޫއިން ޕޮޒިޓިވްވެފައިވަނީ އެރަށުގައި ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެކެވެ. އެ މީހާ ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓްކުރުމުންނެވެ.

ކޮވިޑް-19 ގެ ނުރައްކާ މުޅި ރާއްޖެއަށް ފެތުރިފައިވާއިރު ބަލި ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑުތަކުން އުފުލިފަ އެވެ. އެގޮތުން ބުދަ ދުވަހު އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293