twitterviber whatsapp telegramfacebookyoutube instagram
19th April 2025

ކުޅުދުއްފުށިން ފަހުން ނެގި ސާމްޕަލްތައްވެސް ނެގެޓިވް

އަބްދުލް ވާހިދު ޙަސަން
May 6, 2021

ކުޅުދުއްފުށި ސިޓީ އިން މިދިޔަ ހޯމަ ދުވަހު ފެނުނު ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވެއްޖެ އެވެ.

ބަލީގެ އަލާމަތް ހުރެގެން ހޯމަ ދުވަހު ކުޅުދުއްފުށީ ފުލޫ ކްލިނިކަށް ދެއްކި 3 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި ތިން މީހުންނަކީވެސް އެއް ގެޔެއްގައި އުޅޭ ތިން މީހުންނެވެ. މިކަމާ ގުޅިގެން ރަށް ބަންދުކޮށް ކޮންޓެކްޓް ޓްރޭސިން ހަދައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ކޭސްތަކާ ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ކަމަށެވެ. އެގޮތުން ތިން ދުވަހުން ޖުމްލަ 234 ރޭންޑަމް ސާމްޕަލެއް ނެގި އެވެ.

އެހެންވެ މިވަގުތަށް ރޭންޑަމް ސާމްޕަލް ނެގުން ވަނީ މެދުކަނޑާލާފަ އެވެ. ބެލެވޭ ގޮތުގައި ކުރިއަށް 24 ގަޑިއިރުގެ ތެރޭގައި މޮނިޓަރިންގ އުވާލާނެ އެވެ.

ހޮސްޕިޓަލުން ބުނީ ޕޮޒިޓިވް ތިން ކޭސް، ޕޮޒިޓިވްވި ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި ކޭސްތަކާ ގުޅިގެން 13 ގެޔެއް ވަނީ ބަންދުކޮށްފަ އެވެ. މިސަރަހައްދުން އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދަނީ ދިއްދޫގައި އެވެ. އެރަށުގައި މިހާތަނަށް 57 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. އަދި 167 ގެޔެއް ވަނީ ބަންދުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355