twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ފަސް ދުވަހަށްފަހު ކުޅުދުއްފުށި މޮނިޓަރިންގ ނަގައިފި

އަބްދުލް ވާހިދު ޙަސަން
May 8, 2021
2

ފަސް ދުވަހަށްފަހު ކުޅުދުއްފުށި ސިޓީ މޮނިޓަރިންގ ނަގައިފި އެވެ. ކުޅުދުއްފުށި މޮނިޓަރިންއަށްލީ ފްލޫ ކުލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވްވެ މިމަހުގެ ދެ ވަނަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި އެވެ.

އެ ދުވަހު ޕޮޒިޓިވްވެފައިވަނީ ދެ މަފިރިއަޔާއި އާއިލާގެ އިތުރުން މެމްބަރެކެވެ. އެއީ 24 އަހަރާއި 35 އަދި 52 އަހަރުގެ މީހުންނެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން އެޗްފީއޭއިން ވަނީ ކުޅުދުއްފުއްޓަށް އަރާ ފޭބުން މަނާކުރި އެވެ.

އަދި ރޭންޑަމް ސާމްޕަލްތަކެއް ނަގައި 13 ގެޔެއް ބަންދުކުރި އެވެ. އެކަމަކު ނެގި 234 ރޭންޑަމް ސާމްޕަލްވެސް ވަނީ ނެގެޓިވްވެފަ އެވެ.

📢 ސަމާލުކަމަށް! ކުޅުދުއްފުށި ސިޓީ މޮނިޓަރިންއިން ނެގިފައިވީ ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދުގެ ހާލަތުގައި ވާތީ...

Posted by Kulhudhuffushi Council on Saturday, May 8, 2021

ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާތީ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ އެޗްޕީއޭއިން މަނާކޮށްފަ އެވެ. ހުކުރުދުވަހު އެކަނިވެސް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 700 އަށްވުރެ މައްޗަށް އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293