twitterviber whatsapp telegramfacebookyoutube instagram
15th May 2026

އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ 82.6 ޕަސެންޓް އިތުރު

ޚަދީޖާ އާދަމް
May 11, 2021

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންދާޒާ ކުރިވަރަށްވުރެ 82.6 ޕަސެންޓް އާމްދަނީ އިތުރުވެއްޖެ އެވެ. މީރާއިން ބުނީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ލިބުނު އާމްދަނީއަށްވުރެ 173.8 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ މަހު ޓީޖީއެސްޓީ، ޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ސާވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރު ކަމަށް މީރާ އިން ބުނެ އެވެ.

އެގޮތުން ޖީއެސްޓީގެ ގޮތުގައި 849.61 މިލިއަން ރުފިޔާ ލިބުނު އިރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 139.12 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ މިދިޔަ މަހުގެ ލިބުނެވެ.

މިއަހަރުގެ އެޕްރިލް މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީގެ އިތުރުން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް އޭޕްރީލް މަހުގެ ތެރޭގައި ބަލައިގަނެފައިވާ ކަމަށް މީރާ އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355