twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޓެކްސް ނުދައްކާ ލިސްޓުގައި ކުޅުދުއްފުށީ ބައެއް ބޮޑެތި ވިޔަފާރިތައް

Nov 2, 2022
2

އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން މިއަދު ހާމަކޮށްފައިވާއިރު ކުޅުދުއްފުށީގެ ބައެއް ބޮޑެތި ވިޔަފާރިތައް އެ ލިސްޓުގައި ހިމެނިފައިވެ އެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ބީޕީޓީ ގެ ފައިސާ ނުދައްކައިވާ ފަރާތްތައް ވެސް މީރާއިން ވަނީ އާންމު ކޮށްފައެވެ.

އެގޮތުން އިންކަމް ޓެކްސް ބަޔާން ހުށައަޅާފައިނުވާ ލިސްޓުގައި ކުޅުދުއްފުށީގެ ބޮޑެތި ވިޔަފާރިތައް ކަމަށްވާ މިތުރު ކޮމްޕެނީގެ ވިޔަފާރިތަކުގެ އިތުރުން އާޕޮއިންޓުގެ ދަށުން ހިންގާ ވިޔަފާރިތައް ހިމެނެ އެވެ. އަދި އިންކަމް ޓެކްސް ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ލިސްޓްގައި ޖައުފަރު އަލީ ވަގުތުގެ ނަމުގައިވާ ވިޔަފާރިތައް ހިމެނެ އެވެ.

މީގެ އިތުރުން ޖީއެސްޓީ، ޖީއާރުޓީ، ވިތްހޯލްޑިން ޓެކްސް ބަޔާން ހުށައަޅާފައިނުވާ ފަރާތްތަކުގެ ލިސްޓުގައި ފްރީޒް ލޭންޑް، ބަރާބަރު ފިހާރަ، އާޕޮއިންޓް، ކަސްތޫރިވިލާގައި ރަޖިސްޓްރީކޮށްފައިވާ ފަމޯސޯ މޯލްޑިވިސް ޕލޑ ނަމުގައިވާ ކުންފުންޏެއް ހިމެނެ އެވެ.

މީރާއިން ބީޕީޓީގެ ފައިސާ އަދި 2020 އަދި 2021 ވަނަ އަހަރުގެ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން ހާމަ ކޮށްފައިވާއިރު މީރާއިން ޝާއިއުކޮށްފައިވާ ލިސްޓުގައި ޖުމްލަ 393 ފަރާތެއްގެ ނަން ހާމަކޮށްފައިވެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނައިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔާން ހުށަހަޅައި ފައިސާ ދައްކާ ފަރާތްތައް އެ ލިސްޓުން އުނިކުރެވޭނެ ކަމަށް ވެސް މީރާއިން ބުނެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށް މީރާއިން ނެރެފައިވާ އިއުލާނެއްގައި ހާމަކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355