twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ފުރަތަމަ 6 މަހު ގްރީން ޓެކްސްގެ ގޮތުގައި 547 މިލިއަން ރުފިޔާ

ޚަދީޖާ އާދަމް
Jul 21, 2022

ހަ މަހުން ގްރީން ޓެކްސް އަށް 547 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ،

ވޭތުވެދިޔަ ހަ މަހުގެ ތެރެއިން ގްރީން ޓެކްސް އެންމެ ގިނައިން ލިބިފައި ވަނީ މާޗް މަހު އެވެ. އެ މަހު ޓެކްސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައި ވަނީ މެއި މަހު އެވެ. އެ މަހު ގްރީން ޓެކްސްގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފުރަތަމަ 6 މަހު ގްރީން ޓެކްސް ލިބުނު އަދަދުތައް:

- ޖެނުއަރީ: 95 މިލިއަން ރުފިޔާ
- ފެބްރުއަރީ: 91 މިލިއަން
- މާޗް: 106 މިލިއަން ރުފިޔާ
- އޭފްރީލް: 87 މިލިއަން ރުފިޔާ
- މެއި: 97 މިލިއަން ރުފިޔާ
- ޖޫން: 71 މިލިއަން ރުފިޔާ

އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 400 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއަހަރުގެ ފުރަތަމަ ހަ މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ 147 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީން މި އަހަރު ވަނީ 38 ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފަ އެވެ. މި ޕްރޮޖެކްޓްތަކަށް 408 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. ގްރީން ޓެކްސްގެ އާމްދަނީން މި ވަގުތު އެންމެ ބޮޑު ޕްރޮޖެކްޓެއް ހިންގަނީ އދ. ހަންޏާމީދޫގަ އެވެ. އެރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރަން ހަތް މިލިއަން ރުފިޔާ ހޭދަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293