twitterviber whatsapp telegramfacebookyoutube instagram
8th May 2024

ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއިލުގެ ސިނާއީ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް

ޢަލީ ރަމީޒް
May 12, 2021

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއިލަށް ދިން ރޮކެޓު ހަމަލާ ތަކެއްގައި އިސްރާއިލުގެ ސިނާއީ ސަރަހައްދަކަށް

ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ޣައްޒާގެ ރައްޔިތުންނަށާއި ފަލަސްތީނުގައި ހުރި މަސްޖިދުލް އަގްސާއަށް ވަދެ ހަމަނުޖެހުން ހިންގުމުގެ ބަދަލު ހިތި ގޮތަކަށް އިސްރާއިލަށް ދޭނެ ކަމަށް ޣައްޒާގައި ތިބި ފަލަސްތީނުގެ މުޖާހިދުންގެ ގުރޫޕް ހަމާސް އިން ވަނީ ބުނެފައެވެ.

އިސްރާއިލްގެ ކަމާއިބެހޭ އިދާރާތަކުން ރިޕޯޓު ކޮށްފައިވަނީ ޣައްޒާއިން ދިން ރޮކެޓު ހަމަލާތައް އަމާޒުވެފައިވަނީ އެގައުމުގެ ސިނާއީ ސަރަހައްދަކަށް ކަމަށާއި ހަކަތަ އުފައްދާ މަރުކަޒެއްގައި ވަރަށް ބޮޑަށް ރޯވެފައިވާކަމަށެވެ.

އިސްރާއީލުގެ ހަނގުރާމަވެރި ފައުޖުތަކުން ޣައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކަށް ބަދަލުހިފުމަށް 130 ރޮކެޓު އިސްރާއިލުގެ ވެރި ރަށް ތެލްއަވީވަށް އަމާޒުކޮށް ފޮނުވާފައިވާކަމަށެވެ ހަމާސުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހަމާސް އިން ދިން ހަމަލާތަކުގެ ސަބަބު އިސްރާއިލްގެ ބައެއް އިމާރާތްތަކަށާއި، ގިނަ އުޅަނދު ތަކަކަށް ގެއްލުން ވެފައިވެއެވެ.

އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުން ފަލަސްތީނުގެ 36 މީހަކު ވަނީ ޝަހީދުވެފައެވެ. ހުއްޓުމެއް ނެތި އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޒަހަމްވި ފަލަސްތީނު މީހުންގެ އަދަދު 700 އަށް ވުރެ އިތުރެވެ.

ފަލަސްތީނުން ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ސަބަބުން އަދި މިހާތަނަށް އިސްރާއީލުން މަރުވެފައި ވަނީ ފަސް މީހުންނެވެ. އިސްރާއީލަށް ރޮކެޓް ހަމަލާތައް އަމާޒުވަމުން ދާތީ މިއަދު އިސްރާއީލްގެ ހުރިހާ ސްކޫލެއް ވަނީ ބަންދުކޮށްފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އދ.އިންނާއި މިސްރުން ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުން ނޫނެކޭ ބުނެފައިވާ ކަމަށް މިއަދު މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355