twitterviber whatsapp telegramfacebookyoutube instagram
10th November 2026

އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއްދީފި

ނަބީލާ އިސްމާޢީލް
Oct 1, 2024

އިރާނުން އިސްރާއީލަށް ވައިގެ މަގުން އެތައް ސަތޭކަ މިސައިލެއް ފޮނުވައިލައިފިއެވެ.

ޔަހޫދީން މި ކަން ކަށަވަރު ކޮށްދީފައިވީ ނަމަވެސް, އީރާނުން މި ކަމާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ޔަހޫދީ ފައުޖުން ބުނީ, އީރާނުން މިސައިލްތަކެއް އުދުއްސައިލުމާ އެކު އިސްރާއީލުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު ޖަހަމުންދާ ކަމުގައެވެ. އަދި, ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައި, ޔަހޫދީ އާންމުން ބޮން ޝެލްޓަރތަކަށް ވަދެ ފިލަން ފަށާފައިވާ ކަމުގައެވެ.

މި ހަމަލާއާ ގުޅިގެން އިރާނުގެ ފާސް ނިއުސް އެޖެންސީއާ ހަވާލާދީ އަލް ޖަޒީރާގައި ރިޕޯޓުކޮށްފައި ވަނީ، މި ހަމަލާއަކީ ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އާއި ހަމާސްގެ ލީޑަރު ހަނިއްޔަ އަވަހާރަކޮށްލުމުގެ ރައްދެއްގެ ގޮތުން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރަން އެހީދޭން އެގައުމުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވަނީ އެގައުމުގެ އާންމުން ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަސް އެދިފައެވެ. އަދި އެ ގައުމުގެ ފްލައިޓުތައް ވެސް މިވަގުތު ވަނީ މެދުކަނޑާލާފައެވެ.

ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލީ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ. އަދި ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ހިޒްބުاللهގެ ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293