twitterviber whatsapp telegramfacebookyoutube instagram
18th July 2026

ކޮވިޑްގައި 79 އަހަރުގެ މީހަކު މަރުވެއްޖެ

ޚަދީޖާ އާދަމް
May 18, 2021

ކޮވިޑް ޖެހިގެން މިއަދު 79 އަހަރުގެ މީހަކު މަރުވެއްޖެ އެވެ. މިއާއިއެކު މަރުވި މީހުންގެ އަދަދު މިވަނީ 103 އަރާފައެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ ދިވެހި އަންހެނަކު ރޭ 11:14 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ.

ކޮވިޑްގެ 4 ވަނަ ރާޅާއެކު ރާއްޖޭން ކޮވިޑް ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މި ރާޅާއެކު މީހުން މަރުވާ ނިސްބަތްވެސް ވަނީ އިތުރު ވެފައެވެ.

މިވަގުތު 16،900 އަަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 268 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355