twitterviber whatsapp telegramfacebookyoutube instagram
18th July 2026

ކޮވިޑްގައި މަރުވި މީހުންގެ އަދަދު 121 އަރައިފި

ޚަދީޖާ އާދަމް
May 22, 2021

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 48 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ. މި މަރާއެކު ރާއްޖޭން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 121 އަރާފައެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އެމީހާ މަރުވީ މިއަދު 12:02 ހާއިރު ކަމަށެވެ. އިއްޔެވެސް މި ބަލީގައި 5 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްގެ އަދަދު 21،000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އިއްޔެ އެކަނިވެސް 1،603 މީހަކު ބައްޔަށް ޕޮޒިިޓިވްވެފައި ވާއިރު 286 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355