twitterviber whatsapp telegramfacebookyoutube instagram
23rd August 2026

18 އަހަރާ 49 އަހަރާއި ދެމެދުގެ މީހުންނަށް ބަލިޖެހުނު ނިސްބަތް 50 ޕަސެންޓަށްވުރެ މަތި

ޚަދީޖާ އާދަމް
May 27, 2021

މިއަހަރުގެ މިހާތަށް ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެ އުމުރުފުރާގެ 40 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހަ ތިބި މީހުންކަމަށެވެ.

މި ވަގުތުވެސް އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 30 އިންސައްތަ މީހުންނަކީ މި އުމުރުގެ މީހުންނެވެ.

ކޮވިޑްގެ އާ ރާޅާއެކު ޒުވާނުންނަށް ކޮވިޑް ޖެހޭ ނިސްބަތް އިތުރުވެފައިވާއިރު ހައި ރިސްކު މީހުންގެ އިތުރުން ޒުވާނުންނަށްވެސް ކޮވިޑްހެ ނުރައްކާ ބޮޑުކަން އެ އެޖެންސީން ވަނީ ހަނދާން ކޮށްދީފަ އެވެ. އަދި ވެކްސިން ޖެހުމަށް ވަނީ އިރުޝާދު ދީފައެވެ.

މިވަގުތު ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 24،864 އަރާފައިވާއިރު އެޑްމިޓްކޮށްގެން 285 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355