twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް، ޕޮޒިޓިވްވި އަދަދު 31 އަރައިފި

ޚަދީޖާ އާދަމް
May 29, 2021

ހދ ނޭކުރެންދޫން މިމަހު 24 ވަނަ ދުވަހު ނެގި ރޭންޑަމް ސާމްޕަލްއެއް ޕޮޒިޓްވްވެ އެ ކޭސްއާ ގުޅިގެން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އަނެއްކާވެސް އިތުރު ބަޔަކު ޕޮޒިޓިވްވެ އެރަށުން ބަލި ޖެހުނު މީހުންގެ އަަދަދު 31 އަރައިފި އެވެ.

އެ ރަށު ކައުންސިލުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ނެގުނު 156 ސާމްޕަލުގެ ތެރެއިން މިހާތަނަށް 130 ސާމްޕަލެއްގެ ނަތީޖާ ލިބުނު އިރު އޭގެތެރިން 17 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށެވެ. މިހާތަނަށް ނަތީޖާ ނުލިބޭ ސާމްޕަލްގެ އަދަދަކީ 26 އެވެ.

މި ކޭސްތަކާއި ގުޅިގެން މިވަގުތު އެރަށުން 56 ގެޔެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ނޭކުރެންދޫ ކައުންސިލްގެ ނައިބް ރައީސް އަދި އެރަށުގެ ޓާސްކްފޯސް ހިންގުމާއި ހަވާލުވެ ހުންނެވި އަލީ އާދަމް ކޭއޯއަށް ވިދާޅުވީ 156 ސާމްޕަލްތެރޭގައި ކޮންޓްކެޓް ޓްރޭސިންގެ ތެރެއިން ފާހަގަ ވި މީހުންގެ އިތުރުން ރޭންޑަމްކޮށް ނެގުނު ސާމްޕަލްވެސް ހިމެނޭކަމަށެވެ. އަދި މިއަދުވެސް އިތުރު ސާމްޕަލް ނެގުމަށް ނިންމާފައިވާކަމަށާއި ވީހާވެސް ގިނަ ސާމްޕަލްނަގާ ރަށްއޮތް ހާލަތު އެއްކޮށްބަލަން ޓާސްކްފޯހުން ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިވަގުތު ރަށުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ގަބޫލްކުރެވޭތީ އާއި އިތުރު ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ޓާސްކްފޯސްއިން ވަނީ އެއްވެސް ބަޔަކަށް ނުނިކުމެނޭގޮތަށް ހުރިހާ ވަގުތަކުވެެސް ކާފިއު ހިންގަން ނިންމާފަ ކަމަށް އަލީ ވިދާޅުވި އެވެ.

އެގޮތުން ކުރިން ޓާސްކްފޯސް އިން ދޫކުރި ފާހާއެކު ކޮންމެ ގެއަކުން އެކަކަށް ނުކުމެވުނަސް ފަހުން އެޅި ފިޔަވަޅުތަކާއެކު އެ ހުއްދަ މިހާރު ނުދޭނެކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަންކޮށްދެމުން ދާނީ ޓާސްކްފޯހުންނާއި ޕޮލިހުން އަދި ވޮލެންޓިއަރުންކަމަށް އަލީ ވިދާޅުވި އެވެ.

މިއަދު މެންދުރު ނަމާދުން ފެށިގެން މިސްކިތްތަކުގައި ނަމާދުކުރުންވެސް ހުއްޓާލުމަށް ނިންމާފައިވާކަމަށާއި ނަމަވެސް ކޮންމެ ނަމާދުވަގުތެއްގައި ބަންގި ގޮވަން މިސްކިތްތައް ހުޅުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ޕޮޒިޓިވްވި ފަރާތް ކޮވިޑަށް ޕޮޒިޓިވްވާން ދިމާވި ކިހިނެތްކަން އަދިވެސް ދެނެގަނެވިފައި ނުވާކަމަށާއި އެކަންކަން ބަލަމުން އަންނަ ކަމަށްވެސް އަލީ ވިދާޅުވި އެވެ. މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ރަށުގެ މުވައްސަސާތަކުން، ޓާސްކްފޯހަށް ދެމުންދާ އެއްބާރުލުން އަލީ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355