twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށިން ކޮވިޝީލްޑް ހުސްވެއްޖެ، ދެވަނަ ޑޯޒް ނުޖެހި 3000 އަށްވުރެ ގިނަ މީހުން

އަބްދުލް ވާހިދު ޙަސަން
Jun 1, 2021
4

ކުޅުދުއްފުށިން ކޮވިޝީލްޑް ވެކްސިން ހުސްވެފައިވާ ކަމަށާއި އާ ސްޓޮކެއް ލިބޭނެ ވަކި ދުވަހެއް ސީދާ ނޭނގޭކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ހަނދާންކޮށްދިނުމަށް ރޭ ޓެކްސީ ޑްރައިވަރުންނާއެކު ކައުންސިލާއި ހޮސްޕިޓަލާއެކު ބޭއްވި ބައްދަލުވުމުގައި ޑްރައިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ކޭއާރުއެޗުގެ ޑެޕިއުޓީ ޑިރެކްޓަރު ހަދީޖާ އަލީ ވިދާޅުވީ، މިވަގުތު ކުޅުދުއްފުށިން ކޮވިޝީލްޑް ހުސްވެފައިވާ ކަމަށެވެ.

އަދި އާ ސްޓޮކެއް ލިބޭނެ ސީދާ ތާރީހެއް ނޭނގޭކަމަށާއި މައުލޫމާތު ލިބިފައިވަނީ ޖޫންމަހު ކުރީކޮޅު ކޮވިޝީލްޑް ސިޕްމެންޓެއް ރާއްޖެއަށް އަންނާނެ ކަމަށެވެ. ހަދީޖާ ވިދާޅުވީ، ކޮވިޝީލްޑް ރާއްޖެއަށް ލިބުން ދަތިވީ އިންޑިޔާގެ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށެވެ.

"މިހާރުވެސް ދިމާވެގެން މިއުޅެނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖެހިގެން މިއުޅެނީ ކޮވިޝީލްޑަކީ އިންޑިޔާއިން އެތެރެކުރަމުން އައި އެއްޗެއް.

އިންޑިޔާގެ ހާލަތު ގޯސްވުމާ ގުޅިގެން އިންޑީޔާއިން ކުރިން ލިބެމުންދިޔަ ސްޕީޑަކު ނުލިބޭ." ކޭއާރުއެޗްގެ ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭރުގައި ބުނަމުން ދިޔައީ ކޮވިޝީލްޑް ލިބޭނެ ކަމަށާ ނަމަވެސް މިހާތަނަށް ހާލަތު ބަދަލުވީ ހީކުރިގޮތަކަށް ނޫން ކަމަށެވެ. މުޅި އިންޑިޔާގައި ބަލި ފެތުރި އެއްކޮށް "ކޮލެޕްސްވީ" ކަމަށެވެ.

ކުޅުދުއްފުށީގައި މިހާތަނަށް ކޮވިޝީލްޑް ވެކްސިން ފުރިހަމަ ނުކުރެވި 3808 މީހުން ތިބިއިރު އެ ވެކްސިން ފުރިހަމަކުރެވުނީ އެންމެ 1402 މީހުންނަށެވެ.

ހަދީޖާ އަލީ ވިދާޅުވީ ވެކްސިން ނުޖަހާ ފަރާތްތަކަށް ސިނޮފާމް ވެކްސިން ޖެހޭނެ ކަމަށާއި އެ ވެކްސިން ދެ ޑޯޒް ހަމަވާވަރަށް ލިބިފައި އެބަހުރި ކަމަށެވެ. ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާއިން ދެވަނަ ޑޯޒް ޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355