twitterviber whatsapp telegramfacebookyoutube instagram
7th May 2024

މިޝްކާ މައްސަލާގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އާތިފް ގޮވާލައިފި

އަބްދުލް ވާހިދު ޙަސަން
Jun 5, 2021

ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މައްސަލަ ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ގޮވާލައްވައިފި އެވެ.

މިޝްކާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ކޭސް ރިވިއު އާންމުކުރިތާ ކުޑައިރުކޮޅެއް ފަހުން އާތިފް އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިޝްކާއަކީ ހާއްސަ ކުއްޖެއް ކަމަށާއި އެއީ އެއްބަނޑު ކޮއްކޮއެއް ގޮތަށް ދެކިގެންއެކުގައި ބޮޑުވި ދެބެންގެ ދެ ދަރި އަންހެން ކުއްޖެއްގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށެވެ.

"އެންމެ ކުޑައިރުން ފެށިގެން އަޅުގަނޑުގެ ހިތުގާ ހާއްސަ ލޯތްބެއް ދެވިފަވާ ކުއްޖެއް. އެ ލޯބިލޯބި ކުޑަކުޑަ މިޝްކާ އެވަނީ މިއަދު އަބަދުގެ އަބަދަށް މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ގޮސްފަ. އަދި އެއްފަހަރު ނަމަވެސް ތިއްތިބެއޭ ކިޔާފަ ގޮވާލާ އަޑު އިވޭނެނަމައޭ ހިތަށްއަރާ." މޭޔަރު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

މޭޔަރު ވިދާޅުވީ ޔަގީންވެސް މިމައްސަލާގައި އިހުމާލުވި ފަރާތްތަކެއްވާ ކަމަށާއި މި މައްސަލަ ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ހިތާމަވެރި ދެވަނަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށްވެސް ވިދާޅުވި އެވެ.

🥲

އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކުރުމުގެ އެތައް ކަމެއް ހިމެނޭކަމަށާއި މިޝްކާއަށް ފަރުވާ ދިނުމުގައި އިމާޖެންސީ ހާލަތެއް ކަމުގައި ބަލާފައި ނުވާކަމަށް އަދި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައިވެސް ނުވާކަން ހެލްތް މިނިސްޓްރީން އާންމުކުރި ކޭސް ރިވިއުއިން ހާމަވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355