twitterviber whatsapp telegramfacebookyoutube instagram
18th September 2026

ޕޮޒިޓިވްވީ ސީކްއީން ބޯޓްގެ ފަޅުވެރިއެއް، 24 މީހަކާއި ބައްދަލުވި

އަބްދުލް ވާހިދު ޙަސަން
Jun 10, 2021
5

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި 24 މީހެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިއްޖެ އެވެ.

ސީކުއީން ބޯޓްގައި މަސައްކަތްކުރާ 45 އަހަރުގެ ފިރިހެން މީހާ ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ފުލޫ އޯޕީޑީއަށް ދެއްކުމުން، ބުދަ ދުވަހު އެވެ.

އެކަމާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 27 މީހަކު ފާހަގަކުރެވިފައިވާއިރު ސީދާ ބައްދަލުވި 24 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

މި ކޭސްއާ ގުޅިގެން 13 ގެޔެއް މޮނިޓަރިންގއަށް ލީއިރު ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމުގެ ގޮތުން ރޭންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ފަހަކަށް އައިސް ރަށްރަށުން މާލެ ދަތުރުކުރާ ބޯޓްތަކުގެ ފަޅުވެރިން މާލެއަށް ފައިބާ ވިޔަފާރިކުރާ ކަމުގެ ޝަކުވާ އަންނަނީ ގިނަ ބަޔަކު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293