twitterviber whatsapp telegramfacebookyoutube instagram
6th April 2026

ސީކުއީން ކްލަސްޓާ: އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 10, 2021
2

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކުއީން ބޯޓްގެ އިތުރު ދެ ފަޅުވެރިޔަކު މިރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ ބޯޓުން ފުރަތަމަ ޕޮޒިޓިވްވީ 45 އަހަރުގެ ފިރިހެނެކެވެ. އެއީ މިދިޔަ ބުދަ ދުވަހު އެވެ.

އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 27 މީހަކު ފާހަގަވިއިރު އެތަނުން ސީދާ ބައްދަލުވި 24 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރިއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިރޭ ޕޮޒިޓިވްވި ދެ މީހުންނަކީވެސް އެ ބޯޓްގެ ފަޅުވެރިންނެވެ. އެއީ 35 އަހަރުގެ މީހަކާއި 51 އަހަރުގެ މީހެކެވެ. ފުރަތަމަ ޕޮޒިޓިވްވި ކޭސްއާ ގުޅިގެން 13 ގެޔެއް ކަރަންޓީނުކޮށްފައިވާއިރު އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފަހުން ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ކޭސްއާ ގުޅިގެން ކުޅުދުއްފުށީ މޮނިޓަރިންގއަށްލާފައިވާއިރު ރޭގަނޑު 21:00-04:00 އަށް ކާފިއު ވަނީ ހިންގާފައި އެވެ. ކާފިއު ތަންފީޒުކުރުމަށް ފުލުހުން ވަނީ ނުކުމެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355