twitterviber whatsapp telegramfacebookyoutube instagram
10th September 2026

ރޭ ސްވިޑަންއާ ދެކޮޅަށް ނުކުތް ސްޕޭނަށް ފުރަތަމަ މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

މުޙައްމަދު އަހުމަދު
Jun 15, 2021
1

ސެވިލް، ސުޕެއިން (ޖޫން 15) ރޭ ސްވިޑަންއާ ދެކޮޅަށް ނުކުތް ސްޕޭނަށް ފުރަތަމަ މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

މުޅި މެޗުގައިވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ސްޕޭނަށް ފުރަތަމަ ހާފުގައިވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފަ އެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ސްޕޭނުގެ އޮލްމޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ކޯކޭ ހުރަސް ކޮށްލި ބޯޅަ ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ސްވިޑަންގެ ކީޕަރުވަނީ މިހަމަލާ ދިފާއު ކޮށްފައެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ސްޕޭނަށް ލީޑު ނަގައިދޭން އަލްވާރޯ މޮރާޓާއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ސްވިޑަންގެ ޑިފެންޑަރު މާކަސް ޑެނިއަލްސަންއަށް ހެދުނު ގޯހަކުން ތަނަވަސްވި ފުރުސަތުގައި މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. ދެވަނަ ހާފުގައި މޮރާޓާ ބަދަލުކޮށްފައި ވާއިރު ސަޕޯޓަރުންގެ ނުރުހުން ވަނީ އޭނާއަށް އަމާޒުވެފަ އެވެ.

ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް މެޗުގެ 41 ވަނަ މިނެޓުގައި ސްވިޑެންއަށް ވެސް ވަނީ ލަނޑުޖަހަން ފުރުސަތު ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ. ރެއާލް ސޮސިއެޑާޑަށް ކުޅޭ ފޯވާޑް އަލެކްސަންޑަ އީސާކް ޖެހި ބޯޅަ ލޮރެންޓޭ ފައިގައި ޖެހިފައި އަމާޒުވީ ގޯލު ދަނޑިއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293