twitterviber whatsapp telegramfacebookyoutube instagram
17th October 2025

އެމްއެންޑީއެފްގެގެ ނޮދާން ކޮމާންޑް ސެންޓަރު ހަނިމާދޫއަށް ބަދަލުކުރަނީ

ޚަދީޖާ އާދަމް
Jun 15, 2021

ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ނޮދާން ކޮމާންޑް ސެންޓަރު ހަނިމާދުއަށް ބަދަލު ކުރަން އުޅޭ ކަމަށށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް 850،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައި އެވަނީ މުސްތަގުބަލުގައި އެއާޕޯޓު ބޮޑުކުރުމަށާއި އެތަނުން ބައެއްގައި އެމްއެންޑީއެފްގެ ނޮދާން ކޮމާންޑް ސެންޓަރުގެ އިތުރުން ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ކަމަށެވެ.

މުސްތަގުބަލުގައި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގެ ތެރެއިން އެއްތަނަށްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ފުރަތަމަ ފޭސްގައި 2800 މީޓަރުގެ ރަންވޭއެއް ހެދިގެންދާނެ ކަމަށާއި އެއީ އޭޓީއާރް އެއާ ލަންކާ ފްލައިޓް ޖެއްްސޭވަރުގެ އަދި މެދުއިރުމަތިން ދަތުރުކުރާ ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަނިމާދޫގައި އެމްއެންޑީއެފްގެ ނޮދާން ކޮމާންޑް ސެންޓަރު ގާއިމް ކުރުމުން އެރަަށަށް އިގްތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355