އަންހެނުންގެ ހާއްސަ ޑޮކްޓަރު އާމިނަތު ނުސްރާގެ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
ގައިނޯވާ އިން ކުޅުދުއްފުށީގައި ކުރިއަށްދާ މި ސެޝަންގައި ހިލޭ ބައިވެރިވެވޭނެ އެވެ. މިހާރުވެސް ގިނަ ބަޔަކު އަންނަނީ މި ސެޝަންގައި ބައިވެރިވުމަށް ރެޖިސްޓަރވަމުންނެވެ. މިސެޝަން ކުރިއަށްދާނީ 13 ޖޫން ގަ އެވެ. ބައިވެރިވާ ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
ގައިނޯވާ އިން ބުނީ، މައުލޫމާތު ދިނުމުގެ މިސެޝަންގައި އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތުދެވޭނެ އެވެ. ހޭލުންތެރިކުރުމުގެ މި ސެޝަންގައި އާންމުގެ ސުވާލުތަކަށްވެސް ޑރ ނުސްރާ ޖަވާބުދެއްވާނެ އެވެ.
ޑރ ނުސްރާއަކީ އަންހެނުންގެ ހާއްސަ މައްސަލަތަކުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އެދާއިރާގައި އޭނާ މަސައްކަތްކުރައްވާތާ 13 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ޑރ ނުސްރާއަކީ ލެޕަރެސްކޯފިކް ޝާރޖަންއެއްވެސް މެ އެވެ. އެގޮތުން ލޯވަޅު އަޅައިގެން ޑރ ނުސްރާ ކުރައްވާ އޮޕަރޭޝަންތަކުގެ ތެރޭގައި ސިސްޓް ނެގުމާއި ފައިބްރޮއިޑް އަދި ރަހިމު ނެގުން ފަދަ އޮޕަރޭޝަންތައް ހިމެނެ އެވެ.