twitterviber whatsapp telegramfacebookyoutube instagram
23rd June 2026

ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް

Apr 8, 2025

ހދ ހަނިމާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ހަނިމާދޫގައި އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދެވިފައިނުވާތީ އެއްބަސްވުން ބާތިލްކޮށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެ އެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355