twitterviber whatsapp telegramfacebookyoutube instagram
2nd April 2026

މިރޭގެ މެޗާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލްގެ ތަރި ރޮނާލްޑޯއަށް އާ ރެކޯޑެއް

މުޙައްމަދު އަހުމަދު
Jun 15, 2021

މިރޭގެ މެޗާއެކު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެގެންދާނީ އެންމެ ގިނަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކުޅުނު ކުޅުންތެރިޔާއަށެވެ. މިއީ ރޮނާލްޑޯ ފަސްވަނަ ޔޫރޯ ފުޓުބޯޅަ މުބާރާތެވެ.

މިރޭގެ މެޗުގައި ގިނަ ބަޔަކު ހަންގޭރީގެ ޓީމު ޗެލެންޖެއްގެ ގޮތުގައި ނުދެކުން ނަމަވެސް އެޓިމުންވަނީ އެންމެފަހުން ކުޅުނު 11 މެޗުންވެސް މޮޅުވެފައެވެ. ވީމާ މިރޭގެ މެޗު ވެގެންދާނީ ގިނަ ބަޔަކު ބަލާހިތްވާ ކަހަލަ މެޗަކަށެވެ.

ކުރިސްޓިއާނޯ ރޮނާލްޑޯ ބުނާގޮތުގައި އޭނާއަށް އެންމެ މުހިންމުކަމަކީ ދެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރުން ކަމުގައެވެ. އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަށް ޓީމު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މުބާރާތަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް ރޮނާލްޑޯ މައުލޫމާތުދެއެވެ.

އަދި މީގެ އިތުރުން އޭނާ ބުނެފައިވަނީ ޕޯޗުގަލުން މުބާރާތް ފަށަން ބޭނުންވަނީ މޮޅަކާއެކުގައި ކަމަށާއި 2016ގެ ޔޫރޯ ކާމިޔާބުކުރި ޓީމާ މިހާރު އޮތް ޓީމާ ހާސް ތަފާތުކަމަށާއި މިޓީމު މާ ޒުވާންވެފައި ވަރުގަދަކަމަށެވެ.

ޕޯޗުގަލާ ހަންގޭރީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355