twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ކުޅެވިފައިވާ މެޗު ތަކުގެ ނަތީޖާތައް

މުޙައްމަދު އަހުމަދު
Jun 16, 2021

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުތައް ކުޅެ ނިމިއްޖެއެވެ. މުބާރާތުގައި މިހާތަނަށް 12 މެޗު ކުޅެވިފައިވާއިރު ތިރީގައި މިވަނީ މިވަގުތު ޕޮއިންޓް ތާވަލު އޮތް ގޮތެވެ.

ގުރޫޕް އޭގެ އެއްވަނައިގައި ތުރުކީ ކޮޅަށް ޖެހި 3 ލަނޑާއެކު އޮތީ އިޓަލީއެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ ކުޅުނު މެޗުން އެއްވަރުވެ ޕޮއިންޓަކާއެކު ސުވިޒަލޭންޑާ ވޭލްސް އެވެ. އެންމެ ފުލުގައި އޮތް ތުރުކީއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ފުރަތަމަ މެޗުގައި ރަޝިއާ ކޮޅަށް ޖެހި 3 ލަނޑާއެކު ގުރޫޕް ބީގެ އެއްވަނައިގައި ބެލްޖިއަމް އޮތްއިރު ޑެންމާކްގެ މައްޗަށް 1 ލަނޑުގެ ތަފާތަކުން ކުރި ހޯދައި ދެވަނަގައި އޮތީ ފިންލޭންޑެވެ. މިގުރޫޕްގެ ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ޑެންމާކައި ރަޝިއާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ފުރަތަމަ މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕް ސީގެ އެއްވަނައިގައި އޮތީ އޮސްޓްރިއާއެވެ. ތިން ޕޮއިންޓް ލިބުނުކަމުގައި ވިއަސް ގޯލު ތަފާތުން ދެވަނައިގައި އޮތީ ނެދަލޭންޑްސް އެވެ. ފުރަތަމަ މެޗުން ވި ބައްޔާއެކު ތިންވަނަ އަދި ހަތަރުވަނައިގައި އޮތީ ޔޫކްރެއިނާއި ނޯތު މެސެޑޯނިއާއެވެ.

ގުރޫޕް ޑީގެ އެއްވަނައިގައި 3 ޕޮއިންޓާއެކު ޗެކް ރިޕަބްލިކް އޮތްއިރު ދެވަނައިގައި އޮތީ އިންގްލޭންޑެވެ. އިންގްލޭންޑް އަތުން ވީ ބައްޔާއެކު ތިންވަނައިގައި އޮތީ ކޮރޭޝިއާއެވެ. ހަތަރުވަނައިގައި އޮތް ސޮކޮޓްލޭންޑަށްވެސް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގުރޫޕް އީގެ އެއްވަނައިގައި 3 ޕޮއިންޓާއެކު ސްލޮވޭކިއާ އޮތްއިރު ދެވަނައިގައި އޮތް ސްވިޑަން އަށާއި ތިންވަނައިގައި ސްޕޭނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ފުލުގައި އޮތް ޕޮލެންޑަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިފަހަރު މުބާރާތުގެ މަރުގެ ގުރޫޕްކަމަށް ބުނާ ގުރޫޕް އެފްގެ ފުރަތަމަ މެޗުތައް ނިމިފައިވާއިރު އެއްވަނައިގައި އޮތީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލެވެ. ދެވަނައިގައި އޮތީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފުރާންސެވެ. ފުރާންސް އަތުން ވީ ބައްޔާއެކު ތިންވަނައިގައި އޮތީ މިމުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނެވެ. އަދި އެންމެ ފުލުގައި އޮތީ ހަންގޭރީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355