twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ކޮވިޑު ޖެހިގެން 68 އަހަރުގެ މީހަކު މަރުވެއްޖެ، މިއީ 202 ވަނަ މަރު

ނަބީލާ އިސްމާޢީލް
Jun 18, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ 68 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 202 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެ މީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު 2:05ގައި ކަމަށެވެ.

ކޮވިޑް ބަލިމަޑުކަމުގައި މިހާތަނަށް އެއްދުވަހާ އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ މަހު 24 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް ވަނީ 13 މީހުން މަރުވެފަ އެވެ.

ކުރިއާ ހިލާފަށް މިހާރު މި ބަލީގައި ބޮޑުވަރުވަނީ ހަމަ އެކަނި ހައިރިސްކް މީހުންނާއި އުމުރުން ދުވަސްވީ މީހުންނެއް ނޫނެވެ. ކުޑަކުދިންނާއި ޒުވާނުންވެސް ކޮވިޑްޖެހި ހާލުސީރިއަސްވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293