twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ހަންގޭރީން ދުނިޔޭގެ ޗެމްޕިއަން ފުރާންސް ހަމަ ބިމަށް ތިރިކޮށްފި

މުޙައްމަދު އަހުމަދު
Jun 19, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފުރާންސާއި ހަންގޭރީ ބައްދަލުކުރި މެޗު 1 - 1 އެއްވަރުވެގެން ނިމިއްޖެއެވެ. މިއީ މިމުބާރާތުގައި މިދެޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ފްރާންސުންވަނީ މެޗުގެ ފުރަތަމަ ހާފު ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ގުރީޒްމަން ފޮނުވާލި ހަމަލާ ހަންގޭރީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ދެން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 31 ވަނަ މިނެޓުގައި ފުރާންސްގެ ޕޮގްބާ އެމްބާޕޭއަށް ޖައްސާލި ތުރޫ ބޯޅައެވެ. ނަމަވެސް އެމްބާޕޭ ބޯޅަ ހޯދުމަށްފަހު ބެންޒެމާއަށް ޖައްސާލުމުން ބެންޒެމާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.

މެޗުގައި ހަންގޭރީން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ލިބުނު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު އައްޓިލާ ފިއޯލާއެވެ. މިލަނޑަކީ ފުރާންސްގެ ބެންޖަމިން ޕަވާޑަށް ސާފު ނުކޮށްލެވުނު ބޯޅައެއްގެ ފައިދާ ނަގައި ފިއޯލާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ފުރާންސުން ވަރަށް ބޮޑަށް ކުރިއަށްޖެހިގެން ކުޅެން ފެށިއެވެ. އެޓޭކަށް ސަމާލުކަންދީގެން ކުޅެމުން ދިޔަ ފުރާންސުންވަނީ މެޗުގެ 66 ވަނަ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބާސެލޯނާއަށް ކުޅޭ ފޯވާޑު އެންޓުއާން ގުރީޒްމަންއެެވެ. އޭގެ ތިން މިނެޓު ފަހުން ފުރާންސަށް ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ލިބުނު ފޮރީ ކިކެއްގައި ގުރީޒްމަން ނަގައިދިން ހުރަސް އެއްފަހަރުން ގޯލަށް ފޮނުވާލަން އެމްބާޕޭ މަސައްކަތްކުރި ނަމަވެސް މި ޝޮޓް ދިޔައީ ބޭރަށެވެ.

ފުރާންސް ގުރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްއާއެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފުރާންސްވަނީ ޕޯޗުގަލް އަތުން ބަލިވެފައެވެ.

2 މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕް އެފްގެ އެއްވަނައިގައި ފްރާންސް އޮތްއިރު އެންމެ މެޗެއް ކުޅިގެން ޕޯޗުގަލް އޮތީ ގުރޫޕްގެ ދެވަނައިގައެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު 3 ވަނައިގައި ހަންގޭރީ އޮތްއިރު ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ޖަރުމަނެވެ. މިމުބާރާތުގައި މިރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޕޭނާއި ޕޮލެންޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355