twitterviber whatsapp telegramfacebookyoutube instagram
17th April 2025
ADVERTISEMENT
17 ވަނަ ދުވަހު ކުޅުދުއްފުށިން ރޭންޑަމް ސާމްޕަލް ނަގަނީ-- ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށިން ކޮވިޑް ކޭސްއެއް ނުފެނި 5 ދުވަސް

ޚަދީޖާ އާދަމް
Jun 22, 2021
3

ކުޅުދުއްފުށިން މޮނީޓަރިންގެ ހާލަތުގައި އޮންނަތާ މިއަދަށް 12 ދުވަސް ވެފައިވާއިރު އިތުރު އެކްޓިވް ކޭސްއެއް ނުފެންނަތާ މިހާރު ވަނީ 5 ދުވަސް ވެފައެވެ.

ކުޅުދުއްފުށީ ސީކުއިން ބޯޓުގެ ފަޅުވެރިއަކު މިމަހު 10 ވަނަ ދުވަހު ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނައިފަހުން އެކްޓިވް ކޭސްގެ އަދަދު 28 އެރި އެވެ. އެއީ ސީކުއީން ބޯޓު ކްލަސްޓާއިން 15 މީހުންނާއި ފަހުން ބަހާދަރު ބޯޓުން ނެގި 4 ސާމްޕަލަކާއެކު ފުރަބަންދުފައި ތިބި 9 މީހުންނެވެ.

މިހާރު 3 މީހުން ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްގެ އަދަދަކީ 25 އެވެ. ކުޅުދުއްފުށިން ރޭންޑަމް ސާމްޕަތަކެއްވެސް ނަގާފައިވާއިރު މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްކަން ފާހަގަކޮށްލެވެއެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ 13 ވަނަ ދުވަހު 43 ސާމްޕަލް، 14، 16 އަދި 17 ވަނަ ދުވަހު، ކޮންމެ ދުވަހަކު 75 ރޭންޑަމް ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ދުވަހެއްގެ ސާމްޕަލްތައް ނެގެޓިވްކަމަށެވެ. އެއަށްފަހު އިއްޔެ 100 ސާމްޕަލް ނަގާފައިވާއިރު އެ ސާމްޕަލްތަކުގެ ނަތީޖާ ލިބޭނީ މިއަދު ހަވީރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެގެ ސާމްޕަލްތައް ނެގެޓިވް ވެއްޖެނަމަ މޮނީޓަރިން އުވާލުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com